މޮނިޓަރިންގް އުވާލުމާއި ގުޅޭ
ގިނަދުވަސްތަކެއްވަންދެން މޮނިޓަރިންގެ ހާލަތުގައި ހިމަންދޫ އޮތުމަށްފަހު މިހާރުމިވަނީ ހިމަންދޫ މޮނިޓަރިންގެ ހާލަތުން ނެގިފައެވެ. މޮނިޓަރިންގެ ހާލަތު އުވާލެވުނު ނަމަވެސް އަބަދުވެސް އެޗްޕީއޭގެ މިންގަޑުތަކާއި އުޞޫލުތަކާއި އެއްގޮތްވާގޮތުގެމަތިން އަމަލުތައް ބެހެއްޓެވުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.
ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްއެއް ހިމަންދޫއިންފެނި މޮނިޓަރިންގެ ހަލާތު އިޢުލާންކޮށް ރަށުގެ އެތައްބަޔަކު ކޮވިޑް ބައްޔަށް ފައްސިވުމާއި ގުޅިގެން ފާއިތުވެދިޔަ ދުވަސްތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް އަދި ވޮލެންޓިއަރުންގެ ގޮތުގައި އެހީތެރިވެދިން އެންމެހާފަރާތްތަކަށް ކައުންސިލާއި ޓާސްކްފޯސްގެ ނަމުގައި ޝުކުރުއަދާކުރަމެވެ. މިފަދަ ބަލިމަޑުކަމެއްގެ ހާލަތުގައި އއ.ހިމަންދޫ ސިއްހީމަރުކަޒުގެ މުވައްޒަފުން ވެދެއްވި ޤުރުބާނީއަކީ އއ.ހިމަންދޫ ރައްޔިތުން ހެޔޮހިތުންބަލައިގަނެ ޝުކުރު އަދާކުރުންހައްޤު މަސައްކަތެކެވެ. އެހެންކަމުން އއ.ހިމަންދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުން ވެދެއްވި ޤުރުބާނީއަށް އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ކައުންސިލާއި ޓަސްކްފޯސްގެ ނަމުގައި ޝުކުރުއަދާކުރަމެވެ. އަދި ހަމައެހެންމެ ކޮވިޑްގެ ބަލިމަޑުކަން ފެށި އާންމުހާލަތު ގޯސްވެގެންދިޔަހިނދު ކައުންސިލްގެ އެދުމަށް ޓާސްކްފޯސްގެ ފްރޮންޓްލައިނަށް ނިކުމެ އަނބިދަރިންދޫކޮށް ކައުންސިލްގެ އިދާރާގައި ތިއްބަވައިގެން ރައްޔިތުންގެ ހައްޤުގައި ރައްޔިތުންނަށް ބޭނުންވާނޭ ޒަރޫރީ ކަންކަމުގައި އެހީތެރިވެދިން ޓާސްކްފޯސްގެ ބޭފުޅުން ވެދެއްވި ޤުރުބާނީއަށް އެފަރާތްތަކަށް އއ.ހިމަންދޫ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ހައްޤުޝުކުރު އަދާކުރަމެވެ. ހިމަންދޫއަށް ދިމާވި ބަލިހާލަތާއިގުޅިގެން ކާބޯތަކެތީގެ އެހީތެރިކަންފޯރުކޮށްދެއްވި ރަށްތަކަށާއި އަމިއްލަ ފަރުދުންނަށް އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ކައުންސިލާއި ޓާސްކްފޯސްގެ ނަމުގައި ޝުކުރުއަދާކުރަމެވެ. ﷲ އަޅަމެން އެންމެންގެ މަސައްކަތުގައި ބަރަކާތްލައްވާ އަޅަމެންނަކީ ހެޔޮބަސްއަހާ އަޚުންތަކެއްކަމުގައި އަބަދުމެ ލަހައްޓަވާށިއެވެ. އަދި ރޯގާބަލިމަޑުކަން އަޅަމެންގެ ތެރެއިން ފިއްލަވައި، އަޅަމެންގެ ތެރެއިން ބަލިމީހުންނަށް ސިފާދެއްވާށިއެވެ. އާމީން.