ޑަބްލިއު މޯލްޑިވްސް އިން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފުޑްޕެކޭޖް ހަދިޔާކޮށްފިއެވެ.

     ޑަބްލިއު މޯލްޑިވްސް ރެސޯޓްގެ ފަރާތުން އއ.ހިމަންދޫގައި ކޮވިޑްގެ ހާލަތާއިގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފުޑްޕެކޭޖް 22 އޯގަސްޓް ދުވަހު ވަނީ ފޯރުކޮށްދީފައެވެ. އެރިސޯޓުންވަނީ ކާނާގެ ބާވަތްތައް ހިމަންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.
މިފަދަ ބަލިމަޑުކަމެއް ހިމަންދޫއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ޑަބްލިޔު މޯލްޑިވްސް ރެސޯޓްގެ ފަރާތުން ހިމަންދޫގައި ކޮވިޑްގެ ހާލަތާއިގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފުޑްޕެކޭޖް ފޯރުކޮށް ދީފައިވާތީ އއ.ހިމަންދޫ ކައުންސިލާއި ޓާސްކްފޯސްގެ ނަމުގައި ޑަބްލިޔު މޯލްޑިވްސް ރެސޯޓްގެ ވެރިން އަދި ސްޓާފުންނަށް ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރު އަދާކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *