ފުޓްސަލް ދަނޑު ހެދުމަށް ބޭނުންވާ ބައެއް ސާމާނު ރަށަށް ގެނައުން
ވިޔާނުދާ އަމަލުތަކުން ޒުވާނުން ދުރުކުރުމާއި، ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ އަދި ދުޅަހެޔޮ ސިއްޙަތަކާއިއެކު ރަނގަޅު މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރެއިން ކައުންސިލުން ކުރިއަށްގެންދާ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތަށް ބޭނުންވާ އާލާތްތަކުގެ ތެރެއިން ވަށައި ފެންސް ޖެހުމަށް ބޭނުންވާ ވަޔަރ ނެޓް މިއަދުވަނީ ހިމަންދޫއަށް ގެނެވިފައެވެ.
އެކި ފިޔަވަހި ތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސްރޫޢުގެ މަސަތްކަތްތަކުގެ ތެރެއިން ދަނޑުގެ ވަށައި ގާފޮޅު ރޭނުމާއި ހޮޅިތައްޖެހުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ކައުންސިލްގެ އަމާޒަކީ، ހިމަންދޫ ރަސްމީ ފުޓްބޯޅަ ދަނޑު ޓާފް ދަނޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސްރޫޢުގެ މަސައްކަތުގެ ތެރެއިން ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު ޒުވާނުންނަށް ފުޓްބޯޅަ ކުޅުން ހުއްޓާލަންނުޖެހި ކުރިއަށްގެންދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ކައުންސިލުން ކުރިއަށްގެންދާ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް މިއަހަރު މުޅިން ނިންމާ ނުލެވުނުނަމަވެސް ވަށައި ފެންސް ޖެހުމާއި، ބިންގަނޑު އެއްވަރުކުރުމުގެ މަސައްކަތްނިމި ކުޅެވޭވަރު ކުރުމަކީ ކައުންސިލުން ވަރަށްބޮޑަށް އުންމީދުކުރާކަމަކެވެ.