ކުނި މެނޭޖް ކުރުން
ބަނދަރު އަދި ރަށުތެރޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓިފައިވާ ޑަސްބިނުގެ އަދަދު އިތުރުކޮށް ހަލާކުވެފައިވާ ޑަސްބިންތައް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ ކުރެވިިފައެވެ. ރަށުތެރެ ސާފްތާހިރުކޮށް ބޭއްވުމަށް ޑަސްބިން ބެހެއްޓުމުގެ މަސައްކަތުގެ ތެރެއިން ގެސްޓް ބީޗްތަކާއި، ރަށުތެރޭގެ ހުރިހާ ސަރަހައްދެއްގައި މިއަދު ވަނީ ކުރިން ބެހެއްޓިފައިވާ ޑަސްބިނުގެ އިތުރުން 35 ޑަސްބިން ބެހެއްޓިފައެވެ. ކައުންސިލްގެ އެދުމަކީ ހުސްދަޅު، ފުޅި، ކޮތަޅުފަދަ ކުނި މަގުމައްޗަށާއި އެހެނިހެން ސަރަހައްދުތަކަށް ނޭޅުމަށާއި، މި ޑަސްބިންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.