ހިމަންދޫ އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ބޭއްވޭ ބައްދަލުވުން
ހިމަންދޫ އަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސްރޫއު ސަރުކާރުން ހަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ، ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޙުސައިން ނައުފަލް ނާޞިރު އަދި މަތިވެރި ދާއިރާގެ މެމްބަރ ޙަސަން ޒަރީރު އާއި ކައުންސިލުން ބައްދަލުކުރުން.
މިއަދު ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރަށުގެ ގިރާސަރަހައްދު ހިމާޔަތްކުރުމުގެ މަސްރޫޢުގެ ޢަމަލީ މަސައްކަތް އަވަސް ކުރުމާއިގުޅޭގޮތުން ވަނީ މަސްވަރާ ކުރެވިފައެވެ.

