އއ.ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު

އއ.ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް 1 މެއި 2024 (މިއަދު) ވަނީ ފެށިފައެވެ. މި މަސްރޫޢު ފައްޓަވާދެއްވީ އެމް.ޓީ.ސީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ. މި ރަސްމިއްޔާތުގައި މަތިވެރި ދާއިރާގެ އިއްޒަތްތެރި މެންބަރ ޙަސަން ޒަރީރު އަދި ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލްގެ އިތުރުން ކައުންސިލްގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ.
މި މަޝްރޫޢުގެ ދަށުން، 43،200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.
ޝުކުރިއްޔާ!

Leave a Reply

Your email address will not be published. Required fields are marked *