އއ. އަތޮޅު ކައުންސިލުން ދެވޭ ފައިސާގެ އެހީއިން އއ.ހިމަންދޫ ސިއްޙީމަރުކަޒުގެ ވޯޑަށް ބޭނުންވާ ބަލިމީހުންނަށް ހާއްސަ 3 އެނދު ހަދިޔާ ކުރުން
އއ.އަތޮޅުގެ ކައުންސިލްގެ ފަރާތުން އއ.އަތޮޅުގެ ރަށްރަށުގެ ސިއްޙީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ދެވޭ ފައިސާގެ އެހީއިން އއ.ހިމަންދޫ ސިއްޙީމަރުކަޒުގެ ވޯޑަށް ބޭނުންވާ ބަލިމީހުންނަށް ހާއްސަ 3 އެނދުގަނެ މިއަދު ވަނީ އއ.ހިމަންދޫ ސިއްޙީ މަރުކަޒާއި ހަވާލުކުރެވިފައެވެ. މި ތަކެތި އއ.ހިމަންދޫ ސިއްޙީމަރުކަޒާއި ހަވާލުކޮށްދެއްވީ އއ.އަތޮޅު ކައުންސިލްގެ މެމްބަރ އއ.ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލްއެވެ. މިކަމައްޓަކައި މިއަދު އއ.ހިމަންދޫ ސިއްޙީ މަރުކަޒުގައި ކުރިއަށްގެންދެވުނު ހަރަކާތުގެތެރެއިން ސިއްޙީ މަރުކަޒުގެ މުވައްޒަފުންގެ ފަރާތުން ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް ކައުންސިލަށް ހަދިޔާއެއް ވަނީ ދެއްވާފައެވެ. މި ހަރަކާތުގައި ކައުންސިލްގެ މުއައްޒަފުންނާއި ސިއްޙީމަރުކަޒުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.