އއ.ހިމަންދޫ ސިއްޙީ މަރުކަޒާއި ބައްދަލުވުން

އއ.ހިމަންދޫ ސިއްޙީ މަރުކަޒުން ރައްޔިތުންނަށް ދެމުންގެންދާ ސިއްޙީ ޚިދުމަތުގެ ހާލަތުދެނެގަނެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކައުންސިލުން ދެވިދާނެ އެހީތެރިކަން ދެނެގަތުމަށް ކައުންސިލްގެ ޓީމުން މިއަދު ވަނީ ސިއްޙީ މަރުކަޒަށް ޒިޔާރަތްކޮށް ސިއްޙީ މަރުކަޒުގެ އިސްބޭފުޅުންނާއި އަދި މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި އަދި މަސައްކަތު ތާވަލާއި އެއްގޮތަށް 2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ހިމަންދޫގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމުގެ މަގުސަދުގައި ސިއްޙީމަރުކަޒުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދެއްވައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މެސިނަރީސްއާއި ވަސީލަތްތައް ހޯދައިދެވިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *