އއ.ހިމަންދޫ ސްކޫލާއި ކުރެވުނު ބައްދަލުވުން
އއ.ހިމަންދޫ ސްކޫލުގެ ހާލަތުދެނެގަނެ ތަައުލީމީ ދާއިރާއަށް ކައުންސިލުން ދެވޭނެ އެހީތެރިކަން ދެނެގަތުމަށް ކައުންސިލްގެ ޓީމުން މިއަދު ވަނީ އއ.ހިމަންދޫ ސްކޫލަށް ޒިޔާރަތްކޮށް ސްކޫލުގެ ސީނިއަރ މެނޭޖްމަންޓް ޓިމާއި ބައްދަލު ކުރައްވާފައެވެ. ކައުންސިލްގެ ތަރައްޤީގެ ޕްލޭނާއި އަދި މަސައްކަތު ތާވަލާއި އެއްގޮތަށް 2021 ވަނަ އަހަރުންފެށިގެން ކޮންމެ އަހަރަކުވެސް ހިމަންދޫ ސްކޫލުގެ ތައުލީމީ ހާލަތު ރަނގަޅުކުރުމަށް ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ހިމަންދޫ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެވިފައިވެއެވެ.