ގަސްއިންދުމުގެ ޙަރަކާތް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، 5 އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްމާއި ގުޅުވައިގެން، ދުނިޔޭގެ ތިމާވެށީގެ ދުވަހު (5 ޖޫން 2024) ކައުންސިލާއި އ.ތ.މ ކޮމެޓީ އަދި ހިމަންދޫ ސްކޫލުގެ އެންވަޔަރަންމަންޓް ކުލަބްގެ އިސްނެގުމާއިއެކު ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތައް އަދި ކޮންސްތާންސް މޫފުށީ ރިސޯޓްގެ މުވައްޒަފުންގެ އެއްބާރުލުމާއި ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ ގަސްއިންދުމުގެ ޙަރަކާތް.