ތަޖުރިބާ ދަތުރު – އދ. ދިގުރަށް
އދ.ދިގުރަށު ކައުންސިލްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލާލައި ދެކައުންސިލްގެ މަސައްކަތްތައް ރޭވިފައިވާގޮތުގެ މަޢުލޫމާތު ބަދަލުކޮށް ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން މި ކައުންސިލްގެ މެމްބަރުންނާއި އިދާރީ މުވައްޒަފުން 12 ޖުލައި 2024 ދުވަހު ވަނީ އދ.ދިގުރަށު ކައުންސިލް އަދި ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގެ އިތުރުން އދ.ދިގުރަށު ކައުންސިލުން ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތުގެ މައުލޫމާތު ހޯދައި ބެލުމާއި، އދ.ދިގުރަށުގެ ލޯކަލް ޓްއަރިޒަމް މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކާއި ބައްދަލުކޮށް ލޯކަލް ޓްއަރިޒަމްގެ ވިޔަފާރި ކުރިއަށްގެންދާގޮތާއި ދިމާވާ ގޮންޖެހުންތައް ދެނެގަނެ ދިގުރަށު ކައުންސިލާއި މި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުމުގެ މަޢުލޫމާތު ހޯދިފައި ވެއެވެ. އދ.ދިގުރަށު ކައުންސިލްގެ ފަރާތުން އަދި ލޯކަލް ޓްއަރިޒަމް ވިޔަފާރި ކުރައްވާ ފަރާތްތަކުން މިކައުންސިލަށް ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ.


