ސްޓެލްކޯގެ މުވައްޒަފުން ރަށުތެރެ ސާފްކުރުން
އިޖުތިމާޢީ ޒިންމާ.
އިޖުތިމާޢީ ކަންކަމުގައި އިދާރާތަކުގެ އިސްނެގުން.
ހިމަންދޫ ސްޓެލްކޯ އިންޖީނުގޭގެ އިސްނެގުމާއެކު އެ ކުންފުނީގެ މުވައްޒަފުން މިއަދު ވަނީ ސްޓެލްކޯ ހިމަންދޫ އިންޖީނުގޭއާއި އިންވެގެންވާ ސަރަހައްދު ސާފްކޮށްފައެވެ. ހިމަންދޫ ސްޓެލްކޯ އިންޖީނުގޭގެ ފަރާތުން އަމިއްލަ އިސްނެގުމާއެކު މިފަދަ ހަރަކާތްތައް ހިންގަމުންދާކަން އުފަލާއެކު ފާހަގަ ކޮށްލަމެވެ. ހިމަންދޫ ސްޓެލްކޯ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރ ޢަލީ ނަޞީރު އަދި މުވައްޒަފުންގެ މަސައްކަތަށް ހިމަންދޫ ކައުންސިލުން ޝުކުރު އަދާކުރަމެވެ.