ޅެންވެރީންގެ ދުވަސް 2024 (15 ޖަނަވަރީ 2024)
ޅެންވެރިންގެ ހަނދާންތައް އާކޮށް ދިވެހިންގެ ސަޤާފަތު ދެމެހެއްޓުމާއި ޤައުމިއްޔަތު ދިރުވާ އާލަކުރުމުގެ މަޤްޞަދުގައި ހިމަންދޫ ސްކޫލާއި މި ކައުންސިލް ގުޅިގެން ހިމަންދޫ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން އަދަބީ ޅެން،ބަނދި،ރައިވަރު ހުށަހަޅައި ދިނުމުގެ މުބާރާތެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި މުބާރާތުގައި 35 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ތެރެއިން އ.ތ.މ ކޮމެޓީއިން ވަނީ މުނިފޫހި ފިލުވައިދިނުމުގެ ގޮތުން ބަނދި، ރައިވަރު، ޅެން ހުށަހަޅައި ދެއްވާފައެވެ.