މަދިރި ކޮންޓްރޯލް ކުރުމަށް ރަށުތެރެ ސާފްކުރުމުގެ ޕްރޮގްރާމް ހިންގުން
ރާއްޖެއިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިޔާއަށް ޕޮޒިޓިވް ވެފައިވާ ބިދޭސީންތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެން މި ބަލިން ރައްކާތެރި ވުމުގެ ގޮތުން މަދިރި އުފެދޭ ތަންތަން ނައްތާލުމަށްޓަކައި ރަށުތެރެ ސާފު ކުރުމުގެ މަސައްކަތް މިއަދު (30 ޑިސެމްބަރ 2023) ވަނީ ކުރެވިފައެވެ. މި މަސައްކަތުގައި ކައުންސިލްގެ އިދާރީ މުވައްޒަފުންން، ކައުންސިލް މެމްބަރުން، ހިމަންދޫ ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން، ހިމަންދޫ ހެލްތް ސެންޓަރގެ މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.