ފަލަސްތީނު މުސްލިމުންނަށް އެހޭތެރެކަން ފޯރުކޮށްދިނުން
އއ.ހިމަންދޫ ސްޓެލްކޯ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ސަރުކާރުގެ މުވައްސަސާތަކާއި ކުލަބު/ޖަމްއިއްޔާ ޖަމާއަތް ތަކާއި، ޓީމްތަކުން އަދި ރައްޔިތުން ސާމިލްވާގޮތަށް ”ހިމަންދޫ ރައްޔިތުން ފަލަސްޠީނާއިއެކު“ މިނަމުގައި ފަލަސްޠީނުގެ މުސްލިމުންނަށް އެހީވުމަށް ހިންގުނު ފަންޑްރައިޒިންގ އިވެންޓްގައި މި އިދާރާގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުން އަދި ވަކިން ހާއްސަކޮށް އ.ތ.މ ކޮމެޓީގެ މެމްބަރުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމެވެ. އެންމެގިނަ ފައިސާ ހޯދައިގެން އ.ތ.މ ކޮމެޓީއިން ވަނީ 1 ވަނަ ގްރޫޕްގެ މަޤާމް ހާޞިލް ކޮށްފައެވެ.