ދަޑު ސަރަހައްދު ސާފް ކުރުން
ފުޓް ބޯޅަ ދަނޑުގެ ބޯޅަގޭގެ ފުރަގަހުގައިވާ ހުސްޖާގަ އަދި ބަށިކޯޓްގައި ފަޅާފައިވާ ގަސްތައް ނަގައި ދިލާ ސާފުކުރުމުގެ މަސައްކަތް އއ.ހިމަންދޫ ސްޓެލްކޯގެ މުވައްޒަފުން ވަނީ ކޮށްފައެވެ. ސްޓެލްކޯގެ މުވައްޒަފުންނަކީ ރަށުގެ އިޖުތިމާޢީ ކަންކަމުގައި އަބަދުވެސް ފުރިހަމައަށް ބައިވެރިވަމުން އަންނަ މުވައްޒަފުންކަން ފާހަގަ ކޮށްލަމެވެ. އަދި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ރަށުގެ އިޖުތިމާއީ ކަންކަމުގައި ވެދެއްވާ އެހީތެރިކަމަށް ކައުންސިލުން ޝުކުރު އަދާކުރަމެވެ.