ސްޓެލްކޯގެ ފަރާތުން ހިމަންދޫ ކައުންސިލާއި ބައްދަލުކުރައްވައިފި

     އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސްޓެލްކޯގެ ފަރާތުން ހިމަންދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސޯލާ ޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ސްޓެލްކޯއިން ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. 15 ޖުލައި 2021 ދުވަހު 13:30 ގައި މައިކްރޯސޮފްޓް ޓީމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމަގައި ސްޓެލްކޯގެ ފަރާތުން ވަނީ ސޯލާ ބެހެއްޓުމަށް ކައުންސިލްގެ ބެލުމުގެދަށުގައިވާ ފުރާޅުތައް ނުވަތަ ފަޅުގެ ސަރަހައްދު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކައުންސިލްގެ ފަރާތުން، ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވަނީ ސްޓެލްކޯގެ ފަރާތުން ކުރިއަށްގެންދާ މިފަދަ މަސްރޫޢު ތަކުގެ މަޢުލޫމާތުތައް ކައުންސިލާއި ހިއްސާ ކުރަމުންދާތީ ސްޓެލްކޯއަށް ޝުކުރު އަދާކޮށްފައެވެ. އަދި ކައުންސިލްގެ ފަރާތުން ސްޓެލްކޯއަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބެގެންދާނެކަމުގައި ވެސް ރައީސްވަނީ ފާހަގަ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *