ރަމަޟާން މަހުގެ ހާއްސަ ދީނީ ދަރުސް ޕްރޮގްރާމް
ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރަމަޟާން މަހުގައި ހާއްސަ ދަރުސް ޕްރޮގްރާމް ތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ. 1 އޭޕްރިލް 2023 ދުވަހު މެންދުރުނަމާދަށްފަހު މިސްކިތުގައި ”ރަމަޟާން މަހުގެ ޞަވާބާއި ދަރުމަ“ މި މަޢުލޫއަށް ދަރުސް ކުރިއަށް ގެންދެވިފައިވެއެވެ. އަޞުރު ނަމާދަށްފަހު ”ސަޙާބީންގެ ކިޔަމަންތެރިކަން“ މި މަޢުލޫއަށް ދަރުސް ކުރިއަށް ގެންދެވިފައިވެއެވެ. އަދި ރޭގަނޑު ބަނދަރު ސަރަހައްދުގައި ”އެރަށްތައް ވަނީ ހަލާކު ކުރެވިފައެވެ“ މި މަޢުލޫއަށް ވަނީ ދަރުސް ކުރިއަށްގެންދެވިފައެވެ. މި ދަރުސް ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ސެއިޙް ޙަސަން ފައިސަލް އެވެ.