އއ އަތޮޅު ކައުންސިލުން ތަޢުލީމީ ދާއިރާއަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އެހީ ހިމަންދޫ ސްކޫލާއި ހަވާލުކުރުން.
އަރިއަތޮޅު އުތުރުބުރީ ރަށްރަށުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް އއ އަތޮޅު ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އެހީ -/20000 (ވިހި ހާސް ރުފިޔާ) މިއަދު ވަނީ ހިމަންދޫ ސްކޫލާއި ހަވާލު ކުރެވިފައެވެ. އެހީގެ ފައިސާ ސްކޫލާއި ހަވާލު ކޮށްދެއްވީ އއ އަތޮޅު ކައުންސިލްގެ މެމްބަރު ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލްއެވެ.