ޖުލައި 26 ގަޔާއި ޢީދްބަންދުގައި ހިމަންދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތްދޭ ގަޑިތައް އާއްމުކޮށްފިއެވެ.
ހިނގަމުން މިދާ ޖުލައި މަހުގެ 16 އިން ފެށިގެން ކުރިޔަށް އޮތީ ސަރުކާރު ރަސްމީ ބަންދުދުވަސްތަކެއް ކަމަށްވުމާއެކު މިބަންދު ދުވަސްތަކުގައި އއ. ހިމަންދޫ ޞިއްޙީ މަރުކަޒުން ޚިދުމަތް ފޯރުކޮށްދޭނެ ގަޑިތައް އެމަރުކަޒުން މިއަދު އިޢުލާންކޮށްފިއެވެ. އެމަރުކަޒުން މައުލޫމާތު ދިން ގޮތުގައި ކުރިޔަށް މިއޮތް ސަރުކާރު ބަންދު ދުވަސްތަކާ ދިމާކޮށް މިމަހުގެ 21، 25 އަދި 29 ގައި ހެނދުނު 9:00 އިން 11:00 އަށް ޞިއްޙީ މަރުކަޒު ހުޅުވިފައި ހުންނާނެއެވެ. އަދި ކޮންމެ ރެޔަކު 8:00 އިން 9:00 އަށް ބަލިމީޙުން ބެލުން އޮންނާނެއެވެ. މީގެ އިތުރުން ފުރާނައަށް ނުރައްކާވާފަދަ އިމަޖެންސީ ހާލަތެއް ދިމާވާ ކޮންމެ ގަޑިއެއްގައިވެސް ބަލިމީހުން ބަލައި ފަރުވާދޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް މިދުވަސްވަރަކީ ކޯވިޑް19 ގެ ބަލިމަޑުކަން މުޅިރާއްޖެގެ ތަފާތު ކަންކޮޅުތަކުގައި ތަހަންމަލް ކުރަމުންދާ ދުވަސްވަރެއް ކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ހުމާއި، އަރިދަފުސް ރޯގާ ޖެހޭ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމުގައި އޮންލައިން ޚިދުމަތް ޚިޔާރުކުރެއްވުމަށް އެމަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވީހާވެސް ބޮޑަކަށް ސައިބޯނިލައިގެން އަތްދޮވުމަށާއި، އިޖުތިމާޢީ ގައިދުރުކަން ހިފެހެއްޓުމަށާއި، މާސްކުއެޅުމާއި އާއްމު ސާފުތާހިރުކަން އިތުރުކުރުމަށް ހާއްސަ ސަމާލްކަމެއް ދެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.